ހުރިހާ ޖަލްސާތަކެއްގެ އޯޑިއޯ ތައްޔާރުކުރެވެނީ إن شاء الله އިތުރަށް ވިދާޅުވޭ
ޖަމްޢިއްޔަތުއްސަލަފުގެ ދަރުސް ސީރީސް " أمّا بعد " ވަރަށް ކާމިޔާބުކަމާއެކު ނިމިއްޖެ. އިތުރަށް ވިދާޅުވޭ
ޖަމްޢިއްޔަތުއްސަލަފުން އިންތިޒާމްކޮށް 11 މާރޗުގައި ބޭއްވުމަށް ހަމަޖެހިފައިއޮތް ދަރުސް ފުލުހުން ހުއްޓުވައިފި. އިތުރަށް ވިދާޅުވޭ
ޖަމްޢިއްޔަތުއްސަލަފުގެ ވަރަށް ޚާއްޞަ ދީނީ ދަރުސްތަކެއް އިތުރަށް ވިދާޅުވޭ
ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ބާއްވާ ދީނީ ދަރުސްތައް ލައިވްކޮށް ވެބްކާސްޓް ކުރެވޭނެ... އިތުރަށް ވިދާޅުވޭ
 
ކ.ގުރައިދޫގައި ނަޞާރާ ދީނުގެ ފޮތްތަކެއް އެރަށު މަދަރުސާއިން ފެނުމާއި ގުޅިގެން މި ޖަމްޢިއްޔާގެ ފަރާތުން އެރަށަށް ކުރި ދަތުރުގެ ހޯދުންތައް
15 މާރޗް 2008
الحمدلله الذي هدانا لهذا وماكنا لنهتدي لولاأن هداناالله. والصلاة والسلام على المبعوث رحمة للعالمين. وعلى اله وصحبه المجاهدين الصابرين ومن تبعهم باحسان إلى يوم الدين. أما بعد!

03 މެއި 2008 ވަނަ ދުވަހު މި ޖަމްޢިއްޔާގެ ފަރާތުން 2 މީހުން ކ.ގުރައިދޫއަށް ކުރި ޒިޔާރަތުގައި އެރަށު މަދަރުސާގެ ބައެއް ދަރިވަރުންނާއި، ބެލެނިވެރިންނާއި، ސްކޫލްގެ އިސް ފަރާތްތަކާއި، ރ.ކ.އ ކޮމެޓީގެ މެމްބަރުންނާއި އަދި މިނޫނަސް ރަށުގެ އެހެނިހެން ރައްޔިތުންނާއި ބައްދަލުކޮށް މަޢުލޫމާތު ސާފުކުރިއެވެ. އަޅުގަނޑުމެން ކުރި ދިރާސާތަކުން އެތައް ބަޔަކު ބުނެފައިވަނީ ނަޞާރާ ދީނުގެ ފޮތްތަކެއް ސްކޫލްގެ ލައިބްރަރީގައި ހުރި ކަމަށެވެ. އަދި މި ފޮތްތަކަކީ ސްކޫލުން ފާސްކޮށް ތައްގަނޑު ޖެހުމަށްފަހު ލައިބްރަރީއަށް ލާފައިވާ ފޮތްތަކެކެވެ. ސްކޫލްގެ ލައިބްރަރީގެ ޚިދުމަތް ބޭނުންކޮށްފައިވާ ކުދިން ބުނާގޮތުގައި މި ޒާތުގެ ނަޞާރާ ދީނުގެ ބައިވަރު ފޮތް ލައިބްރަރީގައި އެބަހުއްޓެވެ. ބައެއް ކުދިން ބުނިގޮތުގައި 30 އަށްވުރެ ގިނަ ފޮތް ލައިބްރަރީގެ ޝެލްފްގައި ހުއްޓާ އެކުދިން ދުއްކަމަށް ބުނެއެވެ. މީގެ އެއް ފޮތް އަޅުގަނޑުމެންގެ ޓީމަށް ދެއްކިއެވެ. އޭގެ އެތެރޭގައާއި ބޭރުގައި ސްކޫލް ތައްގަނޑު ޖެހިފައިވެއެވެ. މިކަމާބެހޭގޮތުން ސްކޫލްގެ އިސް ފަރާތްތަކާއި ސުވާލުކޮށްލުމުން ވިދާޅުވީ އެއީ އެންމެ ފޮތެއް ކަމަށެވެ. އަދި އެބާވަތުގެ އިތުރު ފޮތްތައް ހުރިތޯ ބެލުމަށްޓަކައި ސްކޫލް ލައިބްރަރީވަނީ ވަގުތީ ގޮތުން ބަންދު ކުރެވިފައެވެ. އަދި މީގެ އިތުރުން، ސްކޫލްގެ މޭޒުތަކުގައްޔާއި ކުދިންގެ ދަބަހުގައި ޞަލީބު ކުރަހާފައިވާކަމުގެ ޚަބަރެއް ލިބިފައިވާތީ އެކަމާމެދުވެސް ސްކޫލް ކުދިންނާއި ސުވާލުކޮށްލެވުނެވެ. ހުރިހާ ކުދިންމެ ބުނީ ސްކޫލްގެ މޭޒުތަކުގައި ޞަލީބު ކުރަހާފައި ހުއްޓާ ދުއްކަމަށެވެ. ސްކޫލްގެ ކޮމްޕިއުޓަރ ލެބް ބޭނުންކުރާ ދަރިވަރަކު ބުނިގޮތުގައި ނަޞާރާ ދީނުގެ ތަކެތި ސްކޫލްގެ ކޮމްޕިއުޓަރުތަކުންވެސް ފެނިފައިވާ ކަމަށެވެ. އެއްވެސް ދަރިވަރެއްގެ ދަބަހުގައި ޞަލީބު ކުރަހާފައި ހުއްޓާ ނުދެކޭކަމަށް ކުދިން ހާމަ ކުރިއެވެ. އަޅުގަނޑުމެންގެ ޓީމަށް ސްކޫލް އެތެރެއަށްވަދެ މޭޒުތަކާއި އެއްޗިހި ބަލާލުމުގެ ހުއްދައެއް ސްކޫލަކުން ނުދިނެވެ. ލައިބްރަރީވެސް ބަންދުކޮށްފައިވާތީ ލައިބްރަރީ ބަލާލުމުގެ ފުރުޞަތެއް ނުލިބެއެވެ. މިހިނގާދިޔަ ޙާދިސާއާ ބެހޭގޮތުން ސްކޫލްގެ އިސް ފަރާތަކާ ބައްދަލުކޮށްލުމުން އެފަރާތުންވެސް މިހިނގާދިޔަ ކަންތަކާމެދު ވަރަށް ހިތާމަ ފާޅުކުރިއެވެ. އަދި މިފަދަ ކަންތައްތައް ތަކުރާރުވުމަށް ނޭދޭކަމަށާއި މިފަހަރު މިހިނގި ކަމަކީ އެތަކެތި އެހެން ފޮތްތަކާއި މިކްސްކޮށްލާފައިވާތީ ވީކަމެއް ކަމަށް ވިދާޅުވިއެވެ. 26 ޑިސެމްބަރ 2004 ގެ ސުނާމީގެ ޙާދިސާގެ ފަހުން އެހީގެ ސިފައިގާ ލިބިފައިވާ އެއްޗެއްސާއެކު ކްރިސްޓިއަން ބައިބްލްތަކެއްވެސް އަޅުގަނޑުމެންނަށް ހަމަ އެރަށުން ފެނިފައިވާކަންވެސް މި ފުރުޞަތުގައި ފާހަގަކޮށްލަމެވެ. ކޮންމެއަކަސް، މިހިނގާދިޔަ ކަންތަކާމެދު ރަށުގެ ކުޑަބޮޑު އެންމެން ނުރުހެއެވެ. މިކަމަކީ ކްރިސްޓިއަން މިޝަނަރީސް ޢާއްމު ގޮތެއްގައި ހަދާގޮތަށް އޮޅުވާލުމެއްގެ ތެރޭގައި ސްކޫލްގެ ލައިބްރަރީއަށް ވައްދާފައިވާ ތަކެތި ކަމަށް ވުން އެކަށީގެންވެއެވެ. މީގެ އިތުރުން ވޭތުވެދިޔަތާނގައި ގުރައިދޫގައި ދީނީ ހޭލުންތެރިކަން އާލާ ކުރުމުގެ ގޮތުން އަހަރެއްގެ ތެރޭގައި އެއް ޕްރޮގްރާމްވެސް ހިންގިފައިނުވާކަން ފާހަގަކޮށް ވަރަށް ގިނަ ރައްޔިތުން މިކަމާ ހިތާމަ ފާޅުކޮށްފައިވެއެވެ. ފަހެ ރަށުގެ ދީނީ ހޭލުންތެރިކަން ޙަޤީޤަތުގައިވެސް ވަރަށް ނިކަމެތިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވެއެވެ. މިހެންވެ، މިކަމުގައި އަވަސް ފަރުވާއެއް ލިއްބައިދެވޭނެ މަގު ހުޅުވައިލުމުގެ ގޮތުން ޖަމްޢިއްޔާގެ ފަރާތުން ރަށުގެ ކަމުވޮށިގެންވާ ފަރާތްތަކާއި، ސްކޫލްގެ އިސް ފަރާތްތަކާ، ކުރިއަށް އޮތް ހަފްތާތެރޭ ދީނީ ދަރުސެއް ބޭއްވުމަށްޓަކައި މިގެންދަނީ ވާހަކަ ދައްކަމުންނެވެ. މިކަމުގައި ﷲ ގެ ތައުފީޤަށް އެދޭ ޙާލު، ރަށުގެ އެންމެހާ ފަރާތްތަކުން އެއްބާރުލުން ދޭނެކަމުގައި މި ޖަމްޢިއްޔާއިން އުއްމީދު ކުރަމެވެ.
  ©2008 All rights reserved - Jamiyyathusalaf - Rep of Maldives | ask@jamiyyathusalaf.com
 
މި ވެބްސައިޓުގައިވާ މި ޖަމްޢިއްޔާއާއި ބެހޭ އެއްވެސް ލިޔުމެއް މި ޖަމްޢިއްޔާގެ އިޒުނައާއިނުލާ ބޭނުންކުރުމަކީ މަނާކަމެކެވެ
މި ވެބްސައިޓުގައިވާ ދީނީ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުންކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ