ﷲގެ توفيق އާއި އެކު މިޖަމްޢިއްޔާގެ ފަރާތުން ނެރެމުން އަންނަ ދީނީ ދަރުސް ސީޑީ އަދި ޑީވީޑީ ތަކަކީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިގެން ނެރެވޭ ސީޑީ އަދި ޑީވީޑީ ތަކެކެވެ. ވީމާ ވީޑިއޯތައް ޑުޕްލިކޭޓް ކުރެއްވުމުގެ ބަދަލުގައި އޮރިޖިނަލް ސީޑީ އެއް ބައްލަވަގެން، ތިޔަބެފުޅުން މިކަމުގައި ބައިވެރިވެލެއްވުމަކީ މިޖަމްއިއްޔަގެ ވަރަށް ބޮޑު އެދުމެކެވެ. ނަމަވެސް އެކިއެކި ފަރާތްތަކަށް ހިލޭ ބެހުމުގެ ގޮތުން ޑުޕްލިކޭޓް ކުރުމުގައި މިޖަމްޢިއްޔާގެ އެއްވެސް އިޢުތިރާޟެއް ނެތެވެ.
އެހެންނަމަވެސް މި ޖަމްޢިއްޔާގެ އާވެބްސައިޓުން ވީޑިއޯތައް ފެންނަގޮތަށް ބައެއް ހަދަން ގަސްތުކޮށް ﷲ ރަޙްމަތުން އެކަން މިވަނީ ފުރިހަމަވެފައެވެ. ވީޑިއޯ ސެކްޝަނުން މިޖަމްޢިއްޔާއިން ނެރޭ ވީޑިއޯ ދަރުސް ތަކުގެ ޓްރެއިލަރ ފެންނަން ހުނާނެއެވެ. އަދި އަޅުގަނޑުމެންނަށް ވީވަރަކުން ފުލް ވީޑިއޯތައް ލަމުން ދާނަމެވެ. މިބައި މި ހެދީ ވަރަށް ގިނަބައެއްގެ އެދުމުގެ މަތިންނެވެ. މި ވީޑިއޯތައް މިހާރުގެ މަޝްހޫރު ސޯޝަލް ނެޓްވޯރކްތަކުގައި ޝެއަރ ކުރެވޭނެއެވެ. އަދި މީގެ އިތުރުން އަމިއްލަ ވެބްސައިޓް އަދި ބްލޮގު ތަކުގައި އެމްބެޑްވެސް ކުރެވޭނެއެވެ. ވީމާ ވީހާވެސް ގިނަބަޔަކަށް މި ވީޑިއޯތައް ފޯރު ކޮށްދިނުމަކީ މިޖަމްއިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ.