ޖަމްޢިއްޔާގެ މަޢުލޫމާތު

logo1

ޖަމްޢިއްޔާގެ ނަން
މި ޖަމްޢިއްޔާގެ ނަމަކީ، “جَمْعِيَّةُ السَّلَفِ” ، (ޖަމްޢިއްޔަތުއްސަލަފް) އެވެ.


ޖަމްޢިއްޔާގެ މަޤްޞަދު
ޖަމްޢިއްޔާގެ މަޤްޞަދަކީ، އިސްލާމް ދީނަށް ނަޞްރު ދިނުމާއި، ދީނީ ގޮތުން މުޖްތަމަޢު ހޭލުންތެރި ކުރުވުމާއެކު އިސްލާމީ މަކާރިމުލް އަޚްލާޤުގެ ތެރެއިން އިޖްތިމާޢީ ކަންތައްތަކުގައި ހަރަކާތްތެރިވުމެވެ.


ޖަމްޢިއްޔާގެ ޝިއާރު
ޖަމްޢިއްޔާގެ ޝިއާރަކީ، “اَلدِّيْنُ النَّصِيْحَة” މިއެވެ.


ޖަމްޢިއްޔާގެ ދިދަ
ޖަމްޢިއްޔާގެ ދިދައަކީ، ހުދުކުލައިގެ ދިދައެއްގެ މެދުގައި ކަޅު ކުލައިން، ޢަރަބި އަކުރުން “لا إله إلاّ الله محمّد رّسول الله” ލިޔެވިގެންވުމެވެ.


ޖަމްޢިއްޔާގެ މެންބަރަކަށް ވެވޭގޮތާއި މެންބަރުންގެ ގިންތިތައް
ހ. ކޮންމެ މުސްލިމް ފިރިހެނަކާއި އަންހެނަކަށްވެސް ޖަމްޢިއްޔާގެ މެންބަރަކަށް ވެވިދާނެއެވެ.
ށ. ޖަމްޢިއްޔާގެ މެންބަރުންގެ ގިންތިތައް ބެހިގެންވަނީ ތިރީގައިވާ 3 ބަޔަށެވެ.


  • ހަރަކާތްތެރި މެންބަރުން:-

ހަރަކާތްތެރި މެންބަރުންނަކީ ޖަމްޢިއްޔާގެ މެންބަރަކަށް ވުމަށް އެދި ޖަމްޢިއްޔާގެ އިދާރާއަށް ސިޓީއަކުން ހުށަހަޅައި، އަދި ޖަމްޢިއްޔާގެ ހިންގާ ކޮމިޓީއިން އެކަން ތަޞްދީޤްކޮށްފައިވާ ކޮންމެ މެންބަރެކެވެ.


  • ސަޕޯޓަރުން:-

ސަޕޯޓަރުންނަކީ ޖަމްޢިއްޔާއިން ހިންގާ ޕްރޮގްރާމްތަކަށް ތާއީދުކުރާ، އަދި ހިތްވަރުދޭ ކޮންމެ މުސްލިމް ފިރިހެނަކާއި އަންހެނެކެވެ.


  • ޝަރަފުވެރި މެންބަރުން:-

އެކަމަށް އިޢުތިރާޞް ނުކުރާ ކޮންމެ މުސްލިމް ފިރިހެނަކާއި އަންހެނަކީ ޖަމްޢިއްޔަތުއްސަލަފްގެ ޝަރަފުވެރި މެންބަރެކެވެ.


ޖަމްޢިއްޔާގެ ހަރަކާތްތެރި މެންބަރުކަމުން ވަކިކުރެވޭނެ ގޮތާއި ވަކިވެވޭ ގޮތްތައް
ހ. ޖަމްޢިއްޔާގެ ހަރަކާތްތެރި މެންބަރުކަމުން ވަކިވެވޭނީ އެމެންބަރަކު ޖަމްޢިއްޔާއިން ވަކިވުމަށްއެދި ޖަމްޢިއްޔާގެ އިދާރާއަށް ލިޔުމަކުން އެކަން ހުށަހެޅުމުންނެވެ.

ށ. ޖަމްޢިއްޔާގެ މަޤްޞަދުތައް ޙާޞިލްކުރުމަށް ކަނޑައަޅާ ކަންތައްތަކާ ޚިލާފުވެ، ޕްރޮގްރާމްތަކަށް ހުރަސް އަޅާ މެންބަރުންނަށް، އެފަދަ ކަންތައްތައް ނުކުރުމަށް ނަޞޭޙަތްތެރިވުމަށްފަހު އިޞްލާޙުނުވެއްޖެނަމަ މެންބަރުކަމުން ވަކިކުރެވޭނެއެވެ.