ދަކޯލް 2010 ނިމި ވޮލަންޓިއަރުންނާއި ސަލަފްގެ ހިންގާ ކޮމިޓީ ބައްދަލުވެއްޖެ
20 . 06 . 2010 | admin | ޚަބަރު

މިދިޔަ ހުކުރު ދުވަހު 18/6/2010 ހަވީރު ސޯސަލް ސެންޓަރގެ ސެމިނާރ ރޫމްގައި ދަކޯލް2010 ގެ ވޮލަންޓިއަރުންނާއި ސަލަފްގެ ހިންގާ ކޮމިޓީގެ ބައެއް ބޭފުޅުން ބައްދަލުވެ ޚިޔާލު ބަދަލު ކުރައްވައިފިއެވެ. މިއީ ދަ ކޯލް އާއި ބެހޭގޮތުން ކޯލް ނިމިނު ފަހުން ބޭއްވުނު ދެވަނަ ބައްދަލު ވުމެވެ. ބައްދަލު ވުމުގައި ބަލައިލެވިފައިވަނީ ކޯލްގައި ހިނގާފައިވާ ކަންކަން އިތުރަށް ރަނގަޅު ކުރުމާއި ވީހާވެސް ގިނަބަޔަކަށް އިތުރަށް ބައިވެރި ވުމުގެ ފުރުސަތު ދިނުމުގެ މައްޗަށެވެ. މީގެ އިތުރުން ބައިވެރިންގެ ތަފާތު އެކިއެކި ބިނާ ކުރަނިވި ޚިޔާލުތައް ހުށައަޅާފައިވެއެވެ. އަދި އެކަންކަން ރަސްމީކޮށް ނޯޓް ކުރެވިފައިވެއެވެ.

މިލިޔުން ރަޙްމަތްތެރިއްކަށް ފޮނުވުމަށް


ޚިޔާލު ފާޅުކުރެއްވުމަށް