2010 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިފްތިތާޙީ ޖަލްސާގެ ރިޔާސީ ބަޔާނުގައި ދީނީ ރޮނގުން ރައީސުލްޖުމްހޫރިއްޔާ އެއްވެސް ކަމެއް ފާހަގަ ކުރައްވާފައި ނުވާކަމީ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުން ކަންބޮޑުވާން ޖެހިއްޖެ ކަމެކެވެ.
ވޭތުވެދިޔަ އަހަރު، ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި، މުއައްސަސާތަކުގެ ފަރާތުން ހިންގާފައިވާ މަޝްރޫޢުތަކާއި ކުރުމަށް ފަށާފައިވާ ކަންކަން ވަރަށް ތަފްޞީލުކޮށް ފާހަގަ ކުރެއްވިއިރު، ދީނީ ރޮނގުން ސަރުކާރުން އެއްވެސް ކަމެއް ކޮށްފައިވާކަން ރިޔާސީ ބަޔާނުގައި ފާހަގަ ކުރައްވާފައި ނުވާކަމީ ސަރުކާރުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ މަޤާމާއި މެދު ސުވާލު އުފެދޭކަމެކެވެ. ސަބަބަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާގައި ވޭތުވެދިޔަ އަހަރު އެތައްކަމެއް އެމިނިސްޓްރީއިން ކުރައްވާފައިވުމާއި އަދި ވަކީން ޚާއްޞަކޮށް ދިވެހި ޖުމްހޫރީ ތާރީޚުގައި އިސްލާމީ ޘަޤާފީ މައުރަޒެއް މުޅިން އަލަށް ތަޢާރަފްކޮށްފައި ވީހިނދު ، މިއިން އެއްވެސް ކަމެއް ސަރުކާރުގެ މަޝްރޫޢެއްގެ ގޮތުގައި ފާހަގަކުރައްވާފައި ނެތުމެވެ. އަދި ހަމަ އެހެންމެ މިއަހަރަށް ސަރުކާރުން ރާއްވަވާ ކަންތައްތަކުގައިވެސް ދީނީ ރޮނގުން އެއްވެސް ކަމެއް ކުރިއެރުވުމަށް ސަރުކާރުން ފާހަގަކުރައްވާފައި ނުވުމީ ޖަމްޢިއްޔަތުއްސަލަފް އިން މިކަމާ ކަންބޮޑުވެ ޝަކުޥާ ކުރާކަމެކެވެ. މިދަފަ ފުރުޞަތެއްގައި ހަނދާންކޮށްލަން ޖެހެނީ ދިވެހިރާއްޖޭގައި މިހާރު ތާޒާވަމުން އަންނަ ދީނީ މަސްރަޙާއި ހެޔޮމަގަށް އެނބުރި އަންނަމުންދާ ޒުވާނުންނަކީ އެއީ މިސަރުކާރުގެ މޭވައެއް ކަމުގައި ކުރިއަށް އޮތްތަނުގައި ދަޢްޥާކުރާނީ ކޮން ޙައިޘިއްޔަތަކުން ބާވައެވެ؟
ފަހެ، އިސްލާމީ ދަޥްލަތެއްގެ އިސް ވެރިޔާގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ މީސްތަކުންގެ މެދުގައި ﷲ ބާވައިލައްވާފައިވާ ޝަރީޢަތް ތަންފީޛުކުރުމެވެ. އިސްލާމްދީނާއި ދުނިޔޭގެ އެންމެހާ ކަންކަން ﷲ ރުއްސަވާ ގޮތަށް ހިންގުމެވެ. ދަންނައެވެ! ރައްޔިތުންގެ ރުހުމަށްވުރެ ގަދަކީރިތިވަންތަ ﷲ ގެ ރުއްސެވުން މާ މަތިވެރިވެގެން ވެއެވެ. ރައްޔިތުންގެ ބިރަށް ވުރެ އެކަލާނގެ ޢަޛާބުގެ ބިރު މާ ބޮޑުވެގެން ވެއެވެ. މާތް ﷲ ޥަޙީކުރައްވާފައިވެއެވެ:
الأعلى: ١٦ – ١٧
“އަދި ކިއެއްތަ! ތިޔަބައިމީހުން ތިޔަ އިސްކަންދެނީ ދުނިޔޭގެ ޙަޔާތަށެވެ. އެހެނަސް، ހެޔޮވެފައި ދެމިހުންނަ ހުށީ އާޚިރަތުގެ ގޮވައްޗެވެ”.
އަޅުގަނޑުމެންގެ ދުޢާއަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ދިވެހިރާއްޖެއަށް މިންވަރުކުރައްވައި އަމަންއަމާންކަމާއި ޞުލްޙަ މަސަލަސްކަން މިދީބުގައި ދާއިމް ކުރެއްވުމެވެ.






އިބްރާހީމް ނާޒިމް
ދީނުގެ ވާހަކަދެއްކުމަކީ ޔޫރަޕްގެ ސެކިޔުލަރިސްޓުން ރުޅިއަންނާނެ ކަމެއް ކަމުގައި ވާތީ ކަންނޭގެ.
Fracture
Well, now we are seeing the true colour of MDP. The MDP leadership is mostly secular people with no love for Islam or Nation. They desperately want to make the Maldives more irreligious. They want to introduce various anti-Islamic things into Maldives. They want to decriminalize adultery, fornication, adultery & incest. They want to make the liquor freely available in every corner of Maldives. All these in the name of liberal moderate democracy. Progressive Islam. Anni, if he can would have thrown out the Adhaalath Party from government. He is afraid to do so because if he does so even people who do not support will come against him. The silent majority of Maldives may not support AP. Neither do they support the so-called liberal Islam that they want to disseminate.
ެއިމްރާން
ފާހަގަ ކޮށްލަން ޖެހޭ މުހިއްމު ނުކުތާއެއް! ރައީސް ނަސީދުގެ ރިޔާސީ ބަޔާނުގަ ވިދާޅުވީ މާލީ ކަންތައްތަކާއި މެދު މާލީ ވުޒާރާއިން ދެއްވާ ޚިޔާލްތަކަށް މަޖިލީހުންވެސް އަދި އެންމެހާ މުސްތަޤިއްލު މުއައްސަސާތަކުންވެސް އިހްތިރާމް ކުރަން ޖެހޭނެކަމަށް؛ ކީއްވެގެންބާ މިހެން ވިދާޅުވާން އެނގުން އިރު އެންމެހާ ދީނީ ކަންތައްތަކުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން އަރުވާ ލަފާ ފުޅުތަކަށް އިޚްތިރާމް ކުރަން ނުޖެހެނީ! އިޚްތިރާމް ނުކުރާތާ ކޮޅުފައިންނޭ ޖައްސަވަނީ މަޝްވަރާ ދެއްވާ ކޮންމެ ފަހަރަކު
ibunu ibraahim
aharen nasheeduge isthiufaa ah govaakah beynumeh noon… emeehun kithahme vareh dhekiyas mithaa dheen dhanee kuriaraigen inshallah… ahrumen masahkathah badhaleh genaanaekameh ney.. kuriyah salafu.. kuriyah aharumenge dheen.
އަލިބެ
ހަމައެކަނި ރިޔާސީ ބަޔާނެއްގައެއް ނޫން ދީނީ ވާހަކަ ނުދައްކަވަނީކީ. ތަޤްރީރުތައް ދެއްވާ އިރުވެސް ރަސޫލާ (ސއވ) އަށް ޞަލަވާތްވެސް ވިދާޅު ނުވާނެ. ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ އާދައެއް ވާހަކައެއް ދައްކާނަމަ އެންމެ ފުރަތަމަ ހާޟިރީންނާއި ސަލާމް ކުރުމަށްފަހު ރަސޫލާ (ސއވ) އަށް ޞަލަވާތް ކިޔެވުން އޭގެ ފަހުގައި ވާހަކަ ކުރިއަށް ގެންދަން ފަށާނީ. ނަމަވެސް ރައީސް ވާހަކަ ފައްޓަވާނީ އައްސަލާމް ޢަލައިކުމް…… ނިންމަމުން ވަލްޙަމްދުލިއްލާހި. މީގެ އިތުރުން ކުރުކޮށް ނަމަވެސް ޞަލަވާތް އިތުރުކޮށްލުމަކީ ދިވެހިންނަކީ މުސްލިމުންނަށްވީތީ، ކޮންމެހެން ކުރަންޖެހޭނެކަމެއް.