ކ. ހިންމަފުށީގައި ޖަމްޢިއްޔަތުއްސަލަފުގެ ދަރުސެއް
23 . 02 . 2010
| ޚަބަރު
ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިރޭ – 24.02.2010 – ކ.ހިންމަފުށީގައި ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. މިއީ ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ހިންމަފުށީގައި ބާއްވާ ފުރަތަމަ ދަރުސެވެ. މިދަރުސްގައި ތަޤުރީރުކުރައްވާނީ އައްޝައިޚް ޢަލީޒާހިރު ބިންސަޢީދު ޤާސިމްއެވެ.” މުޖްތަމަޢުއެއް ނެތި ދިއުން” މި މައުޟޫޢުގެ މައްޗަށް ވާހަކަފުޅުދެއްކެވުމަށް ހަމަޖެހިފައިވާ މިދަރުސް އޮންނާނީ ހިންމަފުށީ ސްޓޭޖުގައެވެ. މިއީ ހިންމަފުށީގައި މިފަދަ ގޮތަކަށް ދީނީ ދަރުސެއްބާއްވާ ފުރަތަމަ ފަހަރު އެވެ. ދަރުސް ފެށޭގަޑިއަކީ 8:45 އެވެ. إن شاء الله.





